މެންގްރޫވް އާރޓް ކޮންޓެސްޓްގައި ދިވެހި ދަރިވަރުން އެކިވަނަތައް ހާސިލްކުރުމާއި ގުޅޭ

Maldivian students win multiple prizes at the 19th MAP Art Competition

22 November 2020

1st: Mohamed Vishaal Vajeeh (age 11)

1st: Mohamed Vishaal Vajeeh (age 11)
Neykurendhoo School

2nd: Haajarath Zuha (age 12)

2nd: Haajarath Zuha (age 12)
Neykurendhoo School

3rd: Mariyam laisha Ali Shihaam (age 11)

3rd: Mariyam laisha Ali Shihaam (age 11)
Neykurendhoo School

Maldivian students win multiple prizes at the 19th MAP Art Competition

Students of Haa Dhaal Atoll Neykurendhoo in Maldives, have won prestigious awards in the 19th Mangrove Art Contest organized by the Mangrove Action Project (MAP) in September 2020. The international competition is held annually to raise awareness on the importance of mangroves. The theme of this year’s competition was: “Why mangroves are important to the mangrove communities and the world”. This is the first time Maldives has participated in the competition, and Neykurendhoo School was the sole official representation from the archipelago.

MAP is a US-based non-profit organisation which has worked to preserve, conserve, and restore the world’s mangrove forests for over 25 years. Their art contest comes at a time when extraordinary die-offs have been observed at eleven mangrove wetlands across the Maldives. This includes the mangroves in Neykurendhoo. While the Neykurendhoo mangrove was assigned protected status in 2018, a massive die-off was observed there from December 2019.

The Neykurendhoo Council immediately took action to conduct necessary research into the die-offs and to attract attention to the issue. They teamed up with #SaveMaldives Campaign, MAP and IUCN MSG to understand the cause of the die-off. Since the Maldives is a ‘mangroves nation’ with more than 70 wetlands, the MAP Art Contest was an opportunity for Neykurendhoo students to depict them for a global audience. Their involvement also contributes to advocacy efforts to raise awareness on the benefits of mangrove ecosystems.

In preparation for the competition, Neykurendhoo Council, MAP and #SaveMaldives Campaign held a series of online ‘Mangrove Classes’ to raise awareness and to educate students, parents and teachers on mangrove ecosystems. Students between the ages 6-16 participated in the competition and submitted an impressive 71 artworks. After competing with submissions from 34 countries, three students from Neykurendhoo School were among those awarded first, second, and third places. The #SaveMaldives Campaign congratulates all the students who took part in the competition and those who won awards with their creative submissions.

The winning artworks from the competition will be used for the 2021 MAP Calendar which will be gifted to participating schools along with certificates, and an online art exhibition is also being planned. The artworks will also be used by the #SaveNeykurendhooKandoofa campaign in coordination with the Neykurendhoo Island Council to push for substantial research and conservation efforts to combat the recent die-off.

The #SaveMaldives Campaign believes that natural ecosystems are resources that must be better managed, with appropriate plans produced and implemented to sustainably manage and protect them. Their preservation and restoration is necessary to increase the resilience of the mangrove communities and their livelihoods, and to reduce disaster risk at a time of increased climate change impacts. In order to address the mangrove die-off, schools can play an important and beneficial role. We believe that increased awareness among everyone in the community, including the young and the elderly, civil society groups, organizations and their active participation is essential for this effort.

19 ވަނަ މެންގްރޫވް އާރޓް ކޮންޓެސްޓްގައި ދިވެހި ދަރިވަރުން އެކިވަނަތައް ހާސިލްކުރުމާއި ގުޅޭ

މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް) ގެ ފަރާތުން އިންތިޒާމުކޮށްގެން މިއަހަރު ސެޕްޓެމްބަރު މަހު ބޭއްވުނު ބައިނަލްއަޤްވާމީ 19 ވަނަ މެންގްރޫވް އާރޓް ކޮންޓެސްޓްގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވި ނޭކުރެންދޫ ސްކޫލްގެ ދަރިވަރުން ޝަރަފުވެރި ވަނަތަކެއް ޙާސިލްކޮށްފިއެވެ. މިއީ މެޕްގެ ފަރާތުން ދުނިޔޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން މެންގްރޫވްސް (ކަނޑޫފާ, ކުޅި, ޗަކަ ބިންތައް ނުވަތަ ކުޅިފާތައް) އާއި ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށާއި އެތަންތަނުގެ މުހިއްމުކަން އަންގައިދިނުމުގެ މަޤްސަދުގައި ހިންގި ކުރެހުމުގެ މުބާރާތެކެވެ. ކުރެހުންތައް އޮންލައިންކޮށް ހުށަހަޅާ ގޮތައް ބޭއްވުނު މި މުބާރާތުގެ ޝިއާރަކީ “މެންގްރޫވްސް ހުންނަ މުޖުތަމައުތަކަށާއި އަދި ދުނިޔެއަށް އެތަންތަން މުހިއްމުވަނީ ކީއްވެގެންބާ؟” މިއެވެ. މިއީ ދިވެހިރާއްޖޭން މި މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މުބާރާތް އިންތިޒާމްކުރި މެޕް ޖަމުޢިއްޔާއަކީ ދުނިޔޭގައި ކުޅި، ފާ އަދި ޗަސް ބިންތައް ހިމާޔަތްކުރުމަށާއި އެތަންތަން އިޔާދަކުރުމަށާއި އެތަންތަނުގެ ދިރުންތަކުގެ މުހިއްމުކަން ފާހަގަކުރުމަށް 25 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ޖަމުޢިއްޔާއެކެވެ.

ރާއްޖޭގެ 11 ރަށެއްގައިވާ ކުޅި ފާތައް އާދަޔާޙިލާފަށް މަރުވަމުންދާ މިދަނޑިވަޅަކީ އެތަންތަނުގެ ފައިދާތައް އާންމުންނަށް އެންގުމާއި، އެތަންތަނުގެ ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށް ބާރުއެޅުމަށް ލިބިގެންދާ މުހިއްމު ފުރުސަތެކެވެ. މި ރަށްތަކުގެ ތެރޭގައި ހދ.ނޭކުރެންދޫ ކަނޑޫފާވެސް ހިމެނެއެވެ. 2018 ވަނަ އަހަރު ހިމާޔަތްކުރެވިފައިވާ ނޭކުރެންދޫ ކަނޑޫފާ 2019 ޑިސެމްބަރު މަހުން ފެށިގެން އާދަޔާ ޚިލާފަށް މަރުވާކަން ފާހަގަކުރެވި، އެކަން އިތުރަށް ދިރާސާކުރުމަށާއި އެ މައްސަލައަށް ސަމާލުކަން އިތުރުކުރުމުގެ މަޤްސަދުގައި ނޭކުރެންދޫ ކައުންސިލުން އިސްނަގައިގެން މަސައްކަތް ފަށާފައިވަނީ ސޭވް މޯލްޑިވްސް ކެމްޕޭން, މެޕް އަދި އައިޔޫސީއެން އެމްއެސްޖީ އާއި ގުޅިގެންނެވެ. ދިވެހިރާއްޖެއަކީ 70 އަށް ވުރެން ގިނަ ކުޅި ފާތައް އޮންނަ “މެންގްރޫވް ޤައުމެއް” ކަމަށްވާއިރު ދިވެހިރާއްޖޭގައި ހުރި މިފަދަ ކުޅި ފާތައް ދުނިޔޭގެ ފެންވަރުގައި ދައްކާލުމަށާއި އެ ވަސީލަތްތަކުގެ މުހިންމުކަން އާންމުކުރުމަށް ކުރެހުންތެރިކަމުގެ ފަންނު މެދުވެރިކޮށް މިލިބުނު ފުރުސަތުގެ ބޭނުން ނޭކުރެންދޫ ސްކޫލްގެ ފަރާތުން އެންމެ ފުރިހަމަ ގޮތުގައި ވަނީ ހިފާފައެވެ.

މި އަހަރު އަލަށް މި މުބާރާތުގައި ދިވެހިރާއްޖޭން ބައިވެރިވެފައިވާއިރު މި މުބާރާތުގައި ރަސްމީ ހައިސިއްޔަތުން ރާއްޖޭގެ ފަރާތުން ބައިވެރިވެފައިވަނީ ހަމައެކަނީ ހދ.ނޭކުރެންދޫ ސްކޫލެވެ. 06 އަހަރާއި 16 އަހަރުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު މި މުބާރާތައް ނޭކުރެންދޫ ސްކޫލްގެ 71 ދަރިވަރަކު ކުރެހުން ހުށަހެޅިއެވެ. 34 ގައުމެއްގެ ދަރިވަރުންނާއި ވާދަކޮށްގެން މި މުބާރާތުގެ 1, 2 އަދި 3 ވަނައަށް ހޮވުނު ކުރެހުންތަކުގެ ތެރޭގައި ނޭކުރެންދޫ ސްކޫލްގެ 03 ދަރިވަރެއްގެ ކުރެހުން ހިމެނެއެވެ. މި މުބާރާތުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް މި ކެމްޕޭންގެ ފަރާތުން މަރުހަބާއާއި ޝުކުރު ދަންނަވަމެވެ. އަދި ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމެވެ.

މި މުބާރާތާއި މެދު ދަރިވަރުންގެ ޝައުޤުވެރިކަން އިތުރު ކުރުމަށް ނޭކުރެންދޫ ކައުންސިލް, މެޕް އަދި ސޭވް މޯލްޑިވްސް ކެމްޕޭން ގުޅިގެން “ކަނޑޫފާ ކްލާސްގެ” ނަމުގައި މެންގްރޫވްސް އަދި އެ ނިޒާމުތަކުގެ މުހިއްމުކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ. ދަރިވަރުން, މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށް ބޭއްވުނު މި ކިލާސްތައް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ.

މި މުބާރާތަށް ހުށަހެޅި ކުރެހުންތައް ޖަޖްކުރެވި, ވަނަތައް ލިބުނު ދަރިވަރުންގެ ކުރެހުންތައް ހިމަނައިގެން 2021 ވަނަ އަހަރަށް ކަލަންޑަރެއް މެޕްގެ ފަރާތުން އެކުލަވާލަން ވަނީ ރާވާފައެވެ. އަދި ވަނަތަކަށް ހޮވުނު ކުރެހުންތައް ހިމަނައިގެން އޮންލައިންކޮށް އާރޓް އެގްޒިބިޝަނެއް ބޭއްވުމަށް މެޕްއިން ދަނީ ތައްޔާރުވަމުންނެވެ. މި މުބާރާތުގައި ބައިވެރިވި ސްކޫލްތަކަށް މި ކަލަންޑަރުގެ ކޮޕީ މެޕްއިން ހަދިޔާކުރާނެއެވެ. އަދި މި މުބާރާތުގެ ވަނަތަކަށް ހޮވުނު ދަރިވަރުންނަށް މެޕްގެ ފަރާތުން ސެޓްފިކެޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ނޭކުރެންދޫގެ ކަނޑޫފާ އާދަޔާ ޙިލާފަށް މަރުވަމުންދާ ދިޔުން އިތުރަށް ދިރާސާކޮށް އެތަން ކުރީގައި އޮތް ހާލަތަށް އިޔާދަކުރުމަށް ނޭކުރެންދޫ ކައުންސިލުން އިސްނަންގަވައިގެން ސޭވް މޯލްޑިވްސް ކެމްޕޭން އަދި މެޕް އާއި ގުޅިގެން ކުރިޔަށް ގެންދާ #SaveNeykurendhooKandoofaa ކެމްޕޭނުގައި ދަރިވަރުންގެ ކުރެހުންތައް ބޭނުންކުރެވޭނެއެވެ.

ސޭވް މޯލްޑިވްސް ކެމްޕޭނުން ދެކޭ ގޮތުގައި މިފަދަ ޤުދުރަތީ ވެށިތަކަކީ އެކަށީގެންވާ ފެންވަރެއްގައި ބެލެހެއްޓި، އިޔާދަކުރަނިވި ގޮތެއްގައި ޕްލޭންތައް އެކުލަވާލާ ވިލަރެސް ކުރެވި، ހިމާޔަތްކުރެވެން ޖެހޭ ޤުދުރަތީ ވަސީލަތްތަކެކެވެ. އެތަންތަން ހިމާޔަތްކުރުމަކީ ރަށާއި ރަށުގެ ރައްޔިތުންގެ ރައްކާތެރިކަމާއި ވިލުންވެރިކަމަށް ކޮންމެހެން ބޭނުންތެރި، އަދި ޚާއްސަގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރާއި ކާރިސީ ހިރާސް ކުޑަކުރުމަށް ކުރަންޖެހިފައިވާ ކަމެކެވެ. އެހެންކަމުން މި ކުޅިފާތައް މަރުވަމުންދާ ދިޔުން ހައްލުކުރުމުގައި ސްކޫލް މަދަރުސާތަކުން ފައިދާކުރަނިވި ދައުރެއް އަދާކުރެވޭނެކަން ފާހަގަކުރަމެވެ. އޭގެ އިތުރުން ރަށުގެ ކުދި ބޮޑު އެންމެހާ ފަރުދުންނާއި ޖަމުޢިއްޔާ ޖަމާޢަތްތައް, ހޭލުންތެރިވެ މި މަސައްކަތުގައި އަމަލީ ހިއްސާއެއް އޮތުމަކީ ކުރަންޖެހޭ ކަމެއްކަމުގައި މި ކެމްޕޭނުން ދެކެމެވެ.