އާންމުކޮށް ހުޅުވާލެވިފައިވާ ސިޓީ

Open Letter

19 May 2020

Open Letter – English Translation
19 May 2020

Save Maldives Campaign
Maldives

For the attention of the Speaker of the People’s Majlis, Mr Mohamed Nasheed

Concern about the continuation of irreversible, environmentally destructive and debt financed projects in Maldives during the current Covid-19 global public health crisis with consequent economic recession

The 19th People’s Majlis under your leadership has established an Environment and Climate Change Committee due to rising concerns about the current and expected negative impacts of global climate change to the Maldives.  On 12 February 2020, the Majlis passed a resolution to declare a climate emergency in the country. However, to date we have not seen any action in connection with this declaration.

The current Covid-19 global pandemic is an unprecedented crisis affecting the country’s fragile healthcare system, weak social protection system and precarious economic system.  As such, we are in a time where a great deal of uncertainty exists about people’s short, medium, and long term financial stability and capacity to deal with basic needs.  In addition, on a daily basis news reports inform that we are not in a situation that can be overcome in the immediate future.

Therefore, it is deeply concerning that the Majlis is doing nothing to stop the major debt funded projects continuing across the country at great speed, that will cause irreversible environmental destruction,  while knowing about the fragility of the Maldives’ environment, knowing about the expected negative impacts of global climate change to the Maldives, and being able to assess the impacts of the Covid-19 pandemic on the economy now, and in the future. According to reports, the Kaafu Atoll Gulhifalhu reclamation project is being undertaken with a USD 300m loan.  It is evident from the environmental impact assessment (EIA) of this project that in addition to causing damage to certain diving sites which constitute the country’s natural assets, the project will have detrimental future impacts on small businesses connected to the tourism industry.  The project will completely destroy the Gulhifalhu ecosystem with incalculable damage to the environment.

Due to the unusual incidents of erosion experienced by many islands in the Maldives during this year’s Iruvai (North East) Monsoon, the Majlis held an extraordinary emergency meeting and publicised its concern about these developments.  Notably, the aforementioned resolution declaring a climate emergency is the result of these experiences.  The Hulhangu (South West) Monsoon which is happening now is causing storm damage in various parts of the country affecting people’s homes and farmers’ fields.  These impacts are destroying the narrow avenues of income generation available at the moment putting further financial strains on an already debt burdened and weakened economy.

Considering the fact that our reef ecosystems are the natural foundations and defence systems of this country, and the biodiversity of these systems form the basis of our economy, it is beyond reason, and inconsiderate of the public interest and people’s security that the complete annihilation of such systems should constitute the State’s development plan.  According to the State of the Environment Report (2016), 98% of the country’s exports depend on its natural resources and biodiversity while 71% employment depends on the same.  Yourself, and the Majlis will be well aware that when the natural systems on which the lives of the people of Maldives depend are irreversibly destroyed, this will increase the damage from global climate change to the Maldives in the future. In addition to that loss and damage, future generations will be left to deal with the burden of massive debts. Therefore, in order to prevent further weakening of the country’s environment and its economy, we believe it is a responsibility of the Majlis to respond to our changed circumstances and stop all environmentally destructive projects like Gulhifalhu and hold the government accountable.  At this critical moment, we call on the Majlis to take leadership and uphold its responsibility to ensure the safety and security of present and future generations.

Save Maldives Campaign
Maldives

19 May 2020

Copy :
Environment and Climate Change Committee, People’s Majlis
Economic and Environment and Climate Change Joint-Committee, People’s Majlis
Economic Committee, People’s Majlis
Social Committee, People’s Majlis
National Development and Heritage Committee, People’s Majlis
Human Rights and Gender Committee, People’s Majlis
National Security and Foreign Relations Committee, People’s Majlis
Decentralisation Committee, People’s Majlis

އާންމުކޮށް ހުޅުވާލެވިފައިވާ ސިޓީ
19 މެއި 2020

ސޭވް މޯލްޑިވްސް ކެމްޕޭން
ދިވެހިރާއްޖެ

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަލްފާޟިލް މުހައްމަދު ނަޝީދު އަށް

ދުނިޔޭގައި ކޯވިޑް-19 ސިއްޙީ ކުއްލި ނުރައްކަލުގެ ކާރިސާގެ ސަބަބުން އިގްތިޞާދު ހީނަރުވެފައިވާ މި ދަނޑިވަޅުގައި ވެސް ދަރަނި ބޮޑު، ތިމާވެއްޓަށް އިޔާދަނުކުރެވޭނޭ ގެއްލުންތައްދޭ މަޝްރޫޢުތައް ރާއްޖޭގައި ކުރިއަށްދާކަމުގެ ކަންބޮޑުވުން

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލު ތަކާއި ގުޅިގެން ރާއްޖޭގެ ތިމާވެށްޓަށް ދިމާވެފައިވާ އަދި ދިމާވާނޭ ނުރައްކަލުގެ ހާލަތާއި ދޭތެރޭ އޮތް ކަންބޮޑުވުންތަކުގެ ސަބަބުން މަނިކުފާނުގެ ރިޔާސަތުގައި 19 ވަނަ ރައްޔިތުންގެ މަޖިލިހުން ވަނީ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އެއް ޤާއިމުކޮށްފައެވެ. އަދި “ރާއްޖޭން ކްލައިމެޓް އިމަރޖެންސީ އިޢުލާނު ކުރުމުގެ ޤަރާރު” ގެ ނަމުގައި ތިޔަ މަޖިލިހުން ވަނީ 12 ފެބްރުވަރީ 2020 ގައި ޤަރާރެއްވެސް ފާސްކޮށްފައެވެ. ނަމަވެސް މިހާތަނަށް ތިޔަ މަޖިލިހުން އެ ޤަރާރުގެ ދަށުން އަމަލީގޮތުން ކުރެވިފައިވާ ކަމެއް ފެންނާކަށް ނެތެވެ.

ދުނިޔެއަށް މިވަގުތު ދިމާވެފައިވާ ކޯވިޑް-19 ވައިރަސްގެ ބޮޑު މުސީބާތަކީ ރާއްޖޭގެ ނާޒުކު ސިއްޙީނިޒާމާއި، ބަލިކަށި އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމާއި އަދި ގަޑުބަޑުވެފައިވާ އިޤްތިޞާދީ ނިޒާމަށް އިތުރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރުވަމުންދާ، މިހާތަނަށް ތަޖުރިބާ ކޮށްފައިނުވާ އާދަޔާޚިލާފު ބޮޑު ކާރިސާއެކެވެ. އަދިމިކަމުގެ ސަބަބުން މި ވަގުތަކީ ކުރު، މެދު އަދި ދުރުރާސްތާ އަށްވެސް ރައްޔިތުންގެ މާލީ ފުދުންތެރިކަމާއި ދިރިއުޅުމުގެ އަސާސީ އެންމެހާ ކަންކަމަށް އިންތިހާއަށް ނުތަނަވަސްކަން ފޯރުވާފައިވާ ވަގުތެކެވެ. އަދި މިހާލަތަކީ އަވަސް މުއްދަތެއްގައި މިކަމުން އަރައިގަނެވޭނެ ހާލަތެއް ނޫންކަން ދަނީ ކޮންމެ ދުވަހެއްގެ ޚަބަރުތަކުން ސާފުވަމުންނެވެ.

ރާއްޖޭގެ ތިމާވެށީގެ ނާޒުކު ހާލަތު ދެނެތިބެ، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭނޭ ގެއްލުންތައް ދެނެތިބެ، ކޯވިޑް-19 މުސީބާތުން ރާއްޖޭގެ އިޤްތިޞާދަށް ކޮށްފައިވާ އަދި ކުރިއަށް އޮތްތާގައި ކުރާނޭ އަސަރު އަންދާޒާ ކުރެވޭ ހިނދު، ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ބޮޑެތި ދަރަނީގެ ލޯނުތަށް ބޭނުންކޮށް، އިޔާދަނުކުރެވޭނޭ މިންވަރަށް ތިމާވެށި ފަނާކުރަމުންދާ މަޝްރޫޢުތައް ބާރު ދުވެލީގައި މިހާރުވެސް ކުރިއަށް ގެންދާއިރު ތިޔަ މަޖިލިހުން މިކަމާދެކޮޅަށް ފިޔަވަޅު ނޭޅުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަމެވެ.

ޚަބަރު ތަކުން އެނގޭ ގޮތުގައި ކާފު އަތޮޅު ގުޅީފަޅު ހިއްކުމުގެ މަޝްރޫޢުއަކީ 300މ ޑޮލަރުގެ ލޯނެއް ބޭނުންކޮށްގެން އޭގެ ދަރަނީގައި ހިންގާ މަޝްރޫއު އެކެވެ. އަދި މި މަޝްރޫޢުގެ އެންވައިރަމަންޓް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) އިން އެނގޭ ގޮތުގައި މީގެ ސަބަބުން ރާއްޖޭގެ ޤުދުރަތީ ތަރިކަ ކަމުގައިވާ މުހިންމު ޑައިވް ސަރަހައްދު ތަކަކަށް ގެއްލުން ވުމުގެ އިތުރުން މިކަމުގެ ގެއްލުން ފަތުރުވެރި ކަމާއި ގުޅިފައިވާ ކުދިވިޔަފާރި ތަކަށް ވެސް ކުރިއަށް އޮތްތާގައި ވާނޭކަން ފާހަގަކުރެއެވެ.  އަދި މި މަޝްރޫޢު ގެ ސަބަބުން ގުޅީފަޅުގެ ވެށި މުޅިން ފަނާވެގެން ދާނީ ތިމާވެށީގެ އަގުނުކުރެވޭނޭ ބޮޑެތި ގެއްލުން ތަކެއްދީފައެވެ.

މިއަހަރުގެ އިރުވައި މޫސުމުގައި ރާއްޖޭގެ އެތަށް ރަށެއް އާދަޔާ ޚިލާފަށް ގިރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ތަޖުރިބާ ކުރަން ޖެހުމުން ތިޔަ މަޖިލިހުން ވަނީ ކުއްލި ޖަލްސާއެއް ބާއްވާ އެކަމުގެ ކަންބޮޑުވުން އާންމުކޮށް ޢިއުލާނުކޮށްފައެވެ. އަދި މަތީގައިވާ “ކްލައިމަޓް އިމަޖެންސީ ޢިއުލާނު ކުރުމުގެ ޤަރާރު” އަކީ އެ ތަޖުރިބާގެ ނަތީޖާ ކަންވެސް ފާހަގަކުރަމެވެ. އަދި މިވަގުތު ހިނގަމުންދާ ހުޅަނގު މޫސުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަނީ މޫސުމުގެ ތޫފާނީ ނޭދެވޭ ބޮޑެތި އަސަރުތަކެއް ކޮށް، ރައްޔިތުންގެ ގެދޮރާއި، ދަނޑުވެރިންގެ ދަނޑުތަކާއި، މިވަގުތު އާމުދަނީ ހޯދުމަށް އޮތް ހަނި ވަސީލަތްތަކަށް ގެއްލުންވެ، ހާލުގައި ޖެހިފައި އޮތް ދައުލަތުގެ ދަރަނިވެރި އިޤްތިޞާދަށް ފޫބައްދަން ދަތި މިންވަރުގެ ޙަރަދުތަކެއް އަނެއްކާވެސް ކުރަން ޖެހިފައެވެ.

ފަރުފަޅުތަކުގެ ނިޒާމަކީ ރާއްޖޭގެ ޤުދުރަތީ ބިންގާ އަދި ދިފާއީ ނިޒާމު ކަމަށްވާއިރު، އެނިޒާމުގައިވާ އެންމެހާ ދިރުންތަކަކީ ރާއްޖޭގެ އިޤްތިޞާދުގެ އަސާސްކަމަށްވާއިރު، އެޤުދުރަތީ ވަސީލަތްތައް އިޔާދަނުކުރެވޭ މިންވަރަށް ފަނާކުރުމަކީ ދައުލަތުގެ ތަރައްޤީގެ ޕްލޭނަށް ވެގެން ދިއުމަކީ ބުއްދި ޤަބޫލުކުރެވޭފަދަ، އަދި ރައްޔިތުންގެ މަސްލަހަތާއި ރައްކާތެރިކަން އެކަމުގައި އޮންނާނޭ ކަމެއްވެސް ނޫނެވެ.  ރާއްޖޭގެ 2016 ގެ ތިމާވެށީގެ ރިޕޯޓު ބުނާގޮތުގައި ރާއްޖޭގެ އެކްސްޕޯޓުގެ %98 ބަރޯސާވަނީ ރާއްޖޭގެ ޤުދުރަތީ ވެއްޓާއި އެ ވެށީގައިވާ ދިރުންތަކުގެ ވަސީލަތްތަކުގެ މައްޗަށެވެ. އަދި ރާއްޖޭގެ %71 މީހުންގެ ވަޒީފާ ވެސް ބަރޯސާވަނީ އެ ވެއްޓާއި ދިރުންތަކުގެ ވަސީލަތަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ދިރުމާއި ގުޅިފައިވާ މި ވެށީގެ ޤުދުރަތީ ނިޒާމު ފަނާކުރުމުން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މުސްތަޤްބަލުގައިވެސް ރާއްޖެއަށްވާނީ އިތުރު ގެއްލުންކަން މަނިކުފާނަށާއި ތިޔަ މަޖިލިހަށް ރަނގަޅަށް އެނގޭނެއެވެ. އަދި އެގެއްލުން ތަކުގެ އިތުރުން، އަންނަން އޮތް ޖީލުތަކަށް ފޯރުކުރާނީ ބޮޑު ދަރަނިތަކެއް އުފުއްލުމުގެ ތަކުލީފުވެސް މެއެވެ.  އެހެންކަމުން ރާއްޖޭގެ ތިމާވެށްޓާއި އިޤްތިޟާދުގެ ހާލަތު އިތުރަށް ހީނަރު ވިޔަނުދިނުމަށް، އަދުގެ ބަދަލުވެފައިވާ ހާލަތަށް އިޖާބަދީ، ގުޅީފަޅު ފަދަ ތިމާވެށްޓަށް ގެއްލުންބޮޑު އެންމެހާ މަޝްރޫޢުތައް ހުއްޓުވާ ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ތިޔަ މަޖިލިހުގެ ޒިންމާއެއް ކަމަށް ދެކެމެވެ. އަދި ތިޔަ މަޖިލިހުން އިސްނަގައިގެން މި ނާޒުކު ފައްތަރުގައި މިހާރުގެ ޖީލުތަކާއި އަންނާން އޮތް ޖީލުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އެ ޒިންމާ އުފުލުމަށް ގޮވާލަމެވެ.

ސޭވް މޯލްޑިވްސް ކެމްޕޭން
ދިވެހިރާއްޖެ

19 މެއި 2020

ކޮޕީ :
ރައްޔިތުންގެ މަޖިލިހުގެ އެންވައިރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ
އިޤްތިޞާދީ ކޮމިޓީއާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ޖޮއިންޓް ކޮމިޓީ
އިޤްތިޞާދީ ކޮމިޓީ
އިޖްތިމާޢީ ކޮމިޓީ
ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ
ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ
ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ
ލާމަރުކަޒީ ކޮމިޓީ