އައްޑޫ ފަނާކުރުމުގެ މަޝްރޫއު ހުއްޓުވުމަށް މަދަނީ ޖަމްއިއްޔާ ތަކުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުން

Joint Letter to Parliament Speaker Mohamed Nasheed

31 March 2022

Dhivehi

English

Dhivehi

English

Logos of Participating CSOs
Logos of Participating CSOs

އައްޑޫ ފަނާކުރުމުގެ މަޝްރޫއު ހުއްޓުވުމަށް މަދަނީ ޖަމްއިއްޔާ ތަކުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުން

by #savemaldives

އައްޑޫ ފަނާކުރުމުގެ މަޝްރޫއު ހުއްޓުވުމަށް މަދަނީ ޖަމްއިއްޔާ ތަކުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުން

“އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓު” ގެ ނަމުގައި ސަރުކާރުން ހިންގާ މަޝްރޫއަކީ އައްޑު އަތޮޅުގެ ވިލުންވެރިކަމަށާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އޮތް ނުރައްކަލަކަށްވާތީ މި މަޝްރޫއު ހުއްޓުވުމަށް 7 މަދަނީ ޖަމްއިއްޔާއެއް ގުޅިގެން ރައްޔިތުންގެ މަޖިލިހަށް 31 މާރިޗު 2022 ގައި ހުށަހަޅާފައިވާ ސިޓީ


ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް މުހައްމަދު ނަޝީދަށް،
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް އިތުރުވެ އެކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ތަހައްމަލުކުރަމުންދާ އެއް ގައުމަކީ ދިވެހިރާއްޖެއެވެ. ކަންމިހެން އޮތް ނަމަވެސް ރާއްޖޭގައި އުފެދިފައިވާ ގުދުރަތީ ރައްކާތެރިކަމުގެ ނިޒާމުތަކަށާއި، އެ މާހައުލުތަކުގައިވާ ދިރުންތަކަށް ބޮޑެތި ގެއްލުން ލިބޭ ގޮތަށް ފަރުމާކުރެވިފައިވާ ގިނަ އަދަދެއްގެ މަޝްރޫއުތައް ދަނީ ހިންގަމުންނެވެ. އެގޮތުން އައްޑޫގައި ސަރުކާރުން ހިންގުމަށް ނިންމާފައިވާ 236.5 ހެކްޓަރުގެ ބިންހިއްކުމުގެ މަޝްރޫއަކީ އެ ސަރަހައްދުގެ ތިމާވެއްޓަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބިގެންދާނެ މަޝްރޫއެއްކަން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. މި މަޝްރޫއުގެ ސަބަބުން ލިބޭނެ ގެއްލުންތައް ވަރަށް ތަފްސީލުކޮށްވަނީ މަޝްރޫއާއި ގުޅިގެން ހެދުނު އީ.އައި.އޭ ރިޕޯޓުގައިވެސް ހިމެނިފައެވެ. މިކަމާއި ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އިތުރުން ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ ޖަމްއިއްޔާތަކުންވަނީ މި މަޝްރޫއު ކުރިޔަށް ނުގެންގޮސް ހުއްޓާލުމަށް ގޮވާލާ 15 ފެބްރުއަރީ 2022 ވަނަ ދުވަހު ނޫސްބަޔާނެއް ނެރެފައެވެ. ކަންމިހެން އޮވެމެ، 27 މާރިޗް 2022 ވަނަ ދުވަހު މިވަނީ ބިން ހިއްކުމުގެ މަޝްރޫއު ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ވޭން އޫޑްއާއި ހަވާލުކޮށްފައެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ އީ.އައި.އޭ ރިޕޯޓުގައި ހުރި ކަންބޮޑުވުންތަކަށް ބެލުމެއްނެތި ރިޕޯޓު ފާސްކުރުމުގެ ކުރިންކަން ޖަމްއިއްޔާތަކުން ނުހަނު ކަންބޮޑުވުމާއިއެކު ފާހަގަކުރަމެވެ. މި މަޝްރޫއާ ގުޅިގެން ކަންބޮޑުވާ ގިނަ ކަންކަންވަނީ ފާހަގަކުރެވިފައެވެ. އައްޑޫގެ ބިން ހިއްކުމުގެ މި މަޝްރޫއަށް 6.7 މިލިއަން ކޮޑި މީޓަރުގެ ވެލި ނެގުމަށް ނިންމާފައިވެއެވެ. މިކަމަށް

ބޭނުންވާ ވެލި ނެގުމަށްް ކަނޑައަޅާފައިވަނީ އަތޮޅުގެ އެތެރެވަރިންނެވެ. އަތޮޅުތެރޭގައި ވެލި ހުރި މިންވަރު ބެލުމަށް ކުރިޔަށް ގެންގޮސްފައިވާ ވެލި ހޯދުމުގެ ސާރވޭއިން ވެލިފެނިފައިވަނީ އަތޮޅުގެ އެތެރެވަރީގެ މަދު ތަންތަނުންކަން ފާހަގަކުރަމެވެ. އޭގެ ތެރޭގައިވެސް ހިމެނެނީ ފަސޭހައިން ވެލި ނުނެގޭ ކަހަލަ ޗަކަޔާއި ސިލްޓު ގިނަ ސަރަހައްދު ތަކެވެ. މިހެންކަމުން މި މަސައްކަތްކުރާނަމަ ވެލި ބޭނުންވާ މިންވަރު ދެނެގަތުމަށް ހެދުނު ސާރވޭ އަލުން ހަދަންޖެހެއެވެ. މީގެ އިތުރުން، މި މަޝްރޫއާ ގުޅޭ ހިއްކުމުގެ މަސައްކަތް ކުރިޔަށް ދާއިރު ކޮންމެ ދުވަހަކު 3 ނުވަތަ 4 ފަހަރު ވެލި ނެގުމަށް އަތޮޅުގެ އެތެރެވަރި ކޮނެވޭނެ ކަމަށް ބެލެވެއެވެ. އަދި މި ވެލި ނެގުމަށް ޑްރެޖްކުރާއިރު ކޮންމެ ފަހަރަކު 30،000 ނުވަތަ 35،000 ކޮޑި މީޓަރުގެ ވެލި ނެގޭނެކަމަށް ބެލެވެއެވެ. މި ވެލި ނެގުމުގެ ސަބަބުން އެ ސަރަހައްދު ވަރަށް ބޮޑަށް ކިލަނބު ވެގެންދާނެއެވެ. އައްޑޫ އުފެދިފައި އޮންނަ ގޮތުން އަތޮޅުގައި ހިމެނޭ 4 ކަނޑުއޮޅިން އޮއިވަރު ހިންގަނީ އަތޮޅުތެރޭގައެވެ. އެހެންކަމުން، ކިލަނބު ފިލައިގެން ނުގޮސް އޮތުމުގެ ފުރުސަތު ވަރަށް ބޮޑު ވެގެންދާނެއެވެ.

މިގޮތަށް ކިލަނބު ނުފިލާ ހުރުމަކީ އޭގެ ސަބަބުން އެންވެރިކަމަށާއި ފަތުރުވެރިކަމަށް ސީދާގޮތުން އެތަކެއް ނޭދެވޭ އަސަރުކުރާނެކަމެކެވެ. އީ.އައި.އޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ގާތްގަނޑަކަށް 21 ހެކްޓަރުގެ މުރަކައަށާއި 120 ހެކްޓަރުގެ މޫދު ވިނައިގެ މައްޗަށް ވެލި އެޅޭނެކަމަށް ބުނެފައިވެއެވެ. މި މާހައުލުތައް އަގު ކުރާއިރު، މޫދު ވިނައިގެ ސަބަބުން ވަށައިގެންވާ މާހައުލަށް އަހަރެއްގެ މައްޗަށް 6.4 މިލިއަން ޑޮލަރުގެ ފައިދާ ލިބޭނެކަމަށް ބެލެވެއެވެ. އަދި ޖައްވަށް ދޫކުރެވޭ ކާބަން ގެ 674 ޓަން އަހަރެއްގެ މައްޗަށް މޫދު ވިނައިން މަދުކޮށް ދެއެވެ. އަދި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އަގު ކުރާނަމަ 21 ހެކްޓަރުގެ މުރަކައިގެ ދިރުން 343 – 858 މިލިއަން ޑޮލަރަށް އަރައެވެ. މީގެ އިތުރުންވެސް 2020 ވަނަ އަހަރު އައްޑޫއަށް ބަޔޮސްފިއާ ރިސާވްއެއްގެ ލަގަބު ލިބިފައިވާއިރު މި މަޝްރޫއު ހިންގުމަށް ވެލި ނަގާ ސަރަހައްދުތައް ކައިރީގައިވާ ކޯއޭރިއާތައް ކަމަށްވާ މާކަނޑު (މަންޓާ ޕޮއިންޓް) އާއި ކުޑަ ކަނޑު ފަދަ ހިމާޔަތްކޮށްފައިވާ ތަންތަނަށް ގެއްލުން ލިބި އެސަރަހައްދުގައި އުޅޭ ކޯމަހާއި ވެލަޔާއި އެންމަޑި ފަދަ ދިރުންތަކަށް ނޭދެވޭ އެތަށް އަސަރެއްކުރާނެއެވެ. މިފަދަ ދިރުންތައް މަދުވެއްޖެނަމަ މިއީ އޭގެ ސަބަބުން އައްޑޫގެ ޓޫރިޒަމަށް 17-27.4 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ ކަމަށް މަޝްރޫއުގެ އީ.އައި.އޭ ރިޕޯޓުން އަންދާޒާކޮށްފައިވެއެވެ. މީގެ ކުރިންވެސް އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއަކަށް ފަހު އެ ސަރަހައްދުގެ އެންވެރިކަން ދަށްވެފައިވާކަން ފާހަގަކުރަމެވެ. އަދި އައްޑޫގައި އޮންނަ ދެ ސަރަހައްދެއް ކަމަށްވާ ގައުކެނޑިއާއި ހަންކެޑެ އަކީ ރާޅާ އެޅުމަށާއި ފަތުރުވެރިކަމުގެ ގޮތުން ނަފާލިބިގަންނަން މީހުން ބޭނުންކުރަމުން އަންނަ ސަރަހައްދުތަކެވެ. އަދި ހާއްސަކޮށް އިރުވައި މޫސުމުގައި ރީތިކޮށް ރާޅާ އެޅޭ ކަހަލަ ރާޅު ނަގާ ސަރަހައްދުތައް މަދުވާނެއެވެ. މި މަޝްރޫއުގެ ސަބަބުން މި ސަރަހައްދުތަކަށް ނޭދެވޭ އަސަރުކޮށް ވަށައިގެންވާ ސަރަހައްދުގެ އޮއިވަރަށް ބަދަލު އަންނާނެކަމުގެ ބިރު އެބައޮތެވެ. މިހެންވެއްޖެ ނަމަ، މި ތަންތަން ބޭނުންކުރަމުންދާ ފަރާތްތަކަށް އޭގެ ނޭދެވޭ އަސަރުކުރާނެއެވެ.

އައްޑޫ އަތޮޅުގެ ސަރަހައްދަށް ފޫނުބެއްދޭ އަދި އިޔާދަނުކުރެވޭފަދަ ގެއްލުން ލިބޭކަން އީ.އައި.އޭ ގައިވާ ދިރާސީ ހޯދުންތަކުން ހާމަވެއެވެ. ދިވެހިރާއްޖޭގެ ގާނޫނު ނަންބަރު 93/4 ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ޕްރޮޖެކްޓެއްގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓަށް ނޭދެވޭ އަސަރު ފޯރާނެކަމަށް ފެނިއްޖެ ހިނދު އެ ޕްރޮޖެކްޓް ހުއްޓުމުގެ އިހްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށާއި މިނިސްޓްރީ އޮފް ޕްލޭނިންގ އަށް ދީފައިވެއެވެ. ނަމަވެސް މިކަމާ ގުޅޭ ގިނަ ކަންބޮޑުވުންތަކެއް ހުރެ މިކަން ހުއްޓުވުމަށް އެދި ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށް އަމިއްލަ ފަރާތަކުން މައްސަލަ ހުށައަޅާފައިވާއިރު މިކަަަމަށް ބެލުމެއްނެތި ސަރުކާރުން ވަނީ މި މަޝްރޫއު ކުރިޔަށް ގެންދަން ނިންމާފައެވެ. އަދި ކަންބޮޑުވާންޖެހޭ އިތުރު ސަބަބަކީ ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން އެންވަޔަރަންމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ، އައްޑޫ ޕްރޮޖެކްޓް ނުހުއްޓުވާނެކަމަށް ވިދާޅުވެފައިވާކަމެވެ. އަދި މި ޕްރޮޖެކްޓްގެ އެދިޔާރު، މިނިސްޓަރ ފޯރ ނޭޝަނަލް ޕްލޭނިންގ މުހައްމަދު އަސްލަމްވެސް މި ބީދައިން ވާހަކަ ދައްކާފައިވާކަމީ ކަމާބެހޭ މުއައްސަސާތަކުން އައްޑުއަތޮޅުގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރުމުުގައި އިހުމާލުވެފައިވާކަން ދޭހަކޮށްދޭ ކަމެކެވެ. މިއީ ސަރުކާރާއި ކާމާއިބެހޭ ފަރާތްތަކުން ބައިނަލްއަގްވާމީ އެކި ބައްދަލުވުންތަކާއި ޕްލެޓްފޯމްތަކުގައި ދައްކާ ވާހަކަތަކާއި މުޅިން ފުށުއަރާ ވާހަަކަތަކެއްކަން ފާހަގަ ކުރަމެވެ. އަދި “ފަނާކުރުވަނިވި ތަރައްގީ” އާއި މުޅިން ދުރުވާން މި ސަރުކާރުންވީ ވައުދާއިވެސް މުޅިން ހިލާފުވާ ވާހަކަތަކެވެ.

ޤާނޫނު އަސާސީގެ 22 ވަނަ މާއްދާގެ ރޫހަކީ ދެމެހެއްޓެނިވި ތަރައްގީ ގެ އަސާސްތަކުގެ މަތިން ތަރައްގީ ހޯދުމެވެ. މިގޮތުން މިއަދުގެ ޖީލަށް ލިބިފައި ހުރި ތިމާވެށީގެ އެންމެހައި ވަސީލަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށް އެޅޭނޭ އެންމެހައި ފިޔަވަޅުތައް އެޅުމަކީ ދައުލަތުގެ އެންމެ އިސް އެއް ވާޖިބުކަން މި މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި ގާނޫނު އަސާސީގެ 22 ވަނަ މާއްދާ ބާރުއަޅަނީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އިސްރާފުނުކުރުމަށެވެ. މިއީ ދައުލަތުގެ ކޮންމެ މުއައްސަސާއެއްގެވެސް އަސާސީ ވާޖިބެއް ކަމުގައި ދެކެމެވެ. ހަމަ އެއާއެކު, އިޔާދަނުކުރެވޭވަރުގެ ގެއްލުން ތިމާވެއްޓަށް ލިބިދާނެކަމުގެ ބިރުއޮތް ކަމެއްގައި، ސައިންޓިފިކް ގޮތުން އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ސާބިތުހެކި ނެތުން، އެއީ، ތިމާވެށީގެ ގޮތުން ލިބިދާނެ ގެއްލުންތައް ވިޔަ ނުދިނުމަށް ފިޔަވަޅުއެޅުން ފަސްކުރުމުގެ އުޒުރަކަށް ވެގެން ނުވާނެ ކަން މިމާއްދާގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ. ވީމާ ދައުލަތުގެ މައްޗަށް ޤާނޫނު އަސާސީ އިން ލާޒިމުކުރާ ކަމެއް އެގޮތަށް ނުކުރާނެ ކަމަށް ސަރުކާރުގެ 2 ވަޒީރަކު ތިޔަ އިއްޒަތްތެރި މަޖިލީޙުގެ ތަޅުމުގައި ބުނެފައިވާތީ އެކަން ތަކުރާރު ވިޔަ ނުދިނުމަށް ބާރު އެޅުއްވުމަކީ މުހިންމު ކަމެކެވެ.

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއާއި ގުޅިގެން މަތީގައި ފާހަގަކުރެވިފައިވާ ކަންބޮޑުވުންތައް ތިޔަ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއިންނާއި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން ބަލައިދިނުމަށް އެދެމެެވެ. އަދި މި މައްސަލަ ބެލުމުގައި ތިރީގައި ބަޔާންކުރާ ކަންކަމަށްވެސް ރިއާޔަތްކޮށް އެކަންކަން ފުރިހަމަކުރޭތޯ ކަށަވަރުކޮށްދިނުން އެދެމެވެ.

1. ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 22 ވަނަ މާއްދާއާއި އެފަދަ އެހެން ގާނޫނުތަކާއި ގަވާއިދުތަކުން މަނާކުރާފަދަ ގެއްލުން ބޮޑު މަޝްރޫއެއްގެ ގޮތުގައި އައްޑޫ ބިން ހިއްކުމުގެ ޕްރޮޖެކްޓް ފެންނާތީ މި މަޝްރޫއު ކުރިޔަށް ނުގެންގޮސް މިހާރުން މިހާރަށް ހުއްޓުމަށް ސަރުކާރާއި ކަމާއިބެހޭ ފަރާތްތަކަށް ލަފާދިނުން.
2. މި މަޝްރޫއުން ލިބިދާނެކަމަށް ސަރުކާރުން ލަފާކުރާ ކުރު މުއްދަތުގެ ފައިދާއަކީ ދެމެހެއްޓެނިވި އެއްޗަކަށް ނުވާއިރު ތިމާވެށްޓަށް ލިބޭނެ ބޮޑު ގެއްލުމާއި އަޅާނުކިޔޭ ވަރުގެ ކަމަކަށް ވާތީ، ތިމާވެށީގެ ރައްކާތެރިކަމަށް އިސްކަންދިނުމާއި އައްޑޫ އަތޮޅުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް ލަފާ ދިނުން.
3. މިފަދަ ގެއްލުން ބޮޑު މަޝްރޫއުތަށް ހިންގާއިރު އޭގެ ފުރިހަމަ މައުލޫމާތު ފޯރުކޮށްދީ މަޝްރޫއުތަކުގެ ހުރިހާ މަރުހަލާއެއްގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ކަށަވަރުކުރުން.
4. މި ފަދަ މަޝްރޫތައް ރޭވުމުގައި ތިމާވެށްޓާއި އެއްކީލިކޮށް ކަމާއި ގުޅޭ މާހިރުން، އާކިޓެކްޓުން، އިންޖިނައުރުން ފަދަ ފަންނުވެރިންގެ ލަފާ ހޯދުމަށް ފަހު މަޝްރޫތައް ފަރުމާ ކުރުން.
5. އީ.އައި.އޭ ގެ އިޖުރާއަތްތައް ހަރުދަނާކޮށް ސަރުކާރުގެ ވައުދާއި އެއްގޮތައް އީޕީއޭ މިނިވަންކުރުން.

ވީމާ، މަތީގައިވާ ދިރާސީ ހޯދުންތަކާއި މައުލޫމާތާއި، މަޝްރޫއާއި ގުޅޭގޮތުން އުފެދޭ ގިނަގުނަ ކަންބޮޑުވުންތަކާއި، ކަން ހިނގަމުންދާ ގޮތުގައި ފާހަގަކުރެވޭ ގާނޫނީ ފުށުއެރުންތަކުގެ މައްޗަށް ރިއާޔަތްކޮށް މި މައްސަލަ މަޖިލީހުގެ ތިމާވެށްޓާއި ބެހޭ ކޮމިޓީއާއި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން ދިރާސާކޮށް ދިނުމަށް ދެންނެވީމެއެވެ. އަދި މި ގެއްލުން ބޮޑު މަޝްރޫއު ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދިވެސް ދެންނެވީމެވެ.

އިހްތިރާމް ގަބޫލުކުރެއްވުން އެދެމެވެ.
31 މާރިޗް 2022


 

ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ހިލާފަށް ފަރުމާކޮށްފައިވާ “އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް”
ކުރިއަށް ނުގެންގޮސް މިހާރުން މިހާރަށް ހުއްޓާލުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކަށް ޖަމިއްޔާތަކުން ގޮވާލަން!
ނޫސްބަޔާން 15 ފެބްރުވަރީ 2022

Mr. Mohamed Nasheed
Speaker of People’s Majlis
People’s Majlis Secretariat
Male’

31st March, 2022

Dear Speaker Mohamed Nasheed,

With the increasingly destructive impacts of climate change, Maldives remains one of the most climate-vulnerable countries. Despite this, a significant number of projects which are destroying the natural defenses, ecosystems, and biodiversity in the country continue to be designed and implemented. We note with concern, that the announced land reclamation project in Addu which includes the reclamation of 236.5 Ha of land will irreversibly destroy the surrounding environment. The damage caused by implementing this project has been detailed in the Project’s Environment Impact Assessment (EIA). Following this, on 15th February 2022, concerned Civil Society Organizations (CSOs) advocating climate issues together with Transparency Maldives released a press statement calling out for the relevant authorities to stop the destructive project. Despite this, on the 27th of March 2022, the project’s reclamation was awarded to the Netherlands company Van Oord. We note with grave concern that the project was awarded without any consideration to the findings of the EIA and prior to the release of a decision statement of the EIA.

The proposed reclamation project requires 6.7 million cbm of sand to be extracted. The sand required for this project will be taken from the atoll seabed within the atoll lagoon. According to the sand survey conducted, only a few points suitable for sand extraction have been identified. The identified areas will consist of mud and silts, owing to the enclosed nature of the atoll which may be unsuitable for reclamation. Therefore, a proper sand survey should be conducted before any process commences. Moreover, once the work for reclamation begins, it is estimated that the atoll seabed will be dredged 3 or 4 times every day. In each dredging 30,000 to 35,000 cbm of sand will be extracted. As a result, the area is likely to be subjected to significant persistent sedimentation. Due to the geographical features of this atoll, which consists of only 4 channels where ocean currents circulate within the atoll, the sedimentation is expected to remain inside the atoll for an indefinite time period.

The presence of prolonged and heavy suspended sedimentation in the lagoon will have significant direct negative impacts on tourism and bait fishery. The EIA report also highlights that 21 hectares of corals and 120 hectares of seagrass meadows will be buried due to reclamation. The ecosystem value of the seagrass meadows and the surrounding environment is estimated to be worth USD 6.4 million annually. The seagrass meadows are estimated to sequester 674 tonnes of carbon per year. According to the Maldives Environmental Damage Liabilities Regulation (2011), the monetary value of damage to 21 hectares of corals is between USD 343-858 million. Moreover, Addu atoll has also been classified as a UNESCO Biosphere Reserve since 2020 and consists of several marine protected areas. Among them, core areas such as Maakandu (Manta Point) and Kuda Kandu which are protected under Environment Act will be significantly damaged, impacting the habitats of marine species in the area such as Dolphins, Turtles, and Mantas. According to the EIA report, if the sightings of these species decrease tourism in the area will suffer an economic loss of USD 17-27.4 million. The EIA report also highlighted the decrease in bait fishery and reef fishery as a result of the previously conducted Feydhoo reclamation project. Moreover, Addu also has two areas “Gaukendi” and “Hankede” which have surf breaks which are being used for surfing and other tourism related income generating activities by the local community. Such areas which generate significant waves for surfing regardless of season are limited. It is feared that this project will negatively impact the surrounding environment and change the movement of ocean currents in the area, significantly impacting those using these areas for their livelihoods.

The EIA report has shown that the Addu reclamation project will cause long-term irreversible damage to the area. According to the Environment Protection and Preservation Act of the Maldives (4/93), the Ministry of Environment, Climate Change and Technology and Ministry of National Planning, Housing & Infrastructure has the authority to terminate any project if it is identified as causing an undesirable impact on the environment. However, despite the numerous concerns about the Addu project and with no regard given to the fact that a concerned citizen from S. Meedhoo has filed a case to stop the project at the island’s magistrate court, the government has chosen to move ahead with the project. Additionally, it is concerning that the Minister for Environment, Aminath Shauna stated during questioning in the Majlis that this project will not be stopped despite the negative impacts it has on the environment. The fact that the project’s proponent, Minister for National Planning Mohamed Aslam, expressed similar sentiments shows that the mandated institutions have been negligent to ensure the protection and security of Addu Atoll. We note that these sentiments contradict the various calls and speeches given at international platforms and meetings. This also goes against the government’s policies to move away from unsustainable development practices.

The spirit of Article 22 of the Maldivian Constitution is to achieve development by following the fundamental principles of sustainable development. The law also states that it is the state’s duty to ensure that the natural resources are protected and preserved for the sustainable use of present and future generations. The Article 22 of the constitution requires not to waste any natural resources. This is a fundamental responsibility of every state institution. Moreover, the purpose of the law is to prevent destruction to the environment, and the lack of scientific data should not be a reason not to take prompt action against such projects. Given that two ministers of the government have declared their intention not to comply with Constitutional provisions at the People’s Majlis, we believe it is important for the institution to prevent the repetition of such statements.

We request the above mentioned concerns about the Addu reclamation project to be investigated by the Parliament’s Environment and Climate Change Committee and Human rights and Gender Committee. Moreover, we request that the following points are considered in carrying out such an investigation.

  1. Given the evidence that the Addu Development Project is a destructive project that is prohibited by Article 22 of the Constitution and other related laws, to advise the government and relevant authorities to immediately stop the project.
  2. Considering that the cost of environmental loss and damage of the project far outweighs the government’s envisioned short-term benefits which are unsustainable, to prioritize environmental protection and the safety and security of the people of Addu Atoll.
  3. Ensure full public participation at all planning stages of destructive projects of this type, with full disclosure of relevant information to the public.
  4. Ensure such projects are planned in conformity with environmental protection and sustainability standards following consultation with relevant professionals including environmentalists, architects, and engineers.
  5. Strengthen the EIA process and establish the EPA as an independent body in compliance with the government’s pledge to do so.

Therefore, with regard to the above noted information, research evidence, multiple serious concerns and the observed contraventions of existing laws by these developments, we request this matter to be investigated by the Parliament’s Environment and Climate Change Committee and Human rights and Gender Committee. We also request that urgent and immediate actions are taken to stop this destructive project.

Logos of Participating CSOs